ads
ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކުގެ ނަންބޯޑުތައް ހުންނާނެ ގޮތުގެ ސާމްޕަލެއް
އިލެކްޓްރިކް އުޅަނދުތަކަށް ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަނީ
ރާއްޖޭގައި ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގައި ހަރުކުރަން ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޓްރިވް ވެހިކަލްތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑެއް ހަރުކުރުމުން، އެ އުޅަނދުތައް ފަސޭހައިން ވަކިކުރެވޭނެ ކަމަށެވެ. އަދި މިއީ ކޮޕް29ގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއަރުވައި، ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.  

މިނިސްޓަރު އަމީން ހިއްސާކުރި އިލެކްޓްރިކް ކާރުގައި ބޭނުންކުރާ ނަންބޯޑު ސާމްޕަލްގައިވާ ގޮތުން ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ޕްރައިވެޓް އުޅަނދުތަކުގެ ނަންބަރު ބޯޑުގައި އަކުރުތައް ހުންނާނީ، ހުދު ކުލައިގައެވެ. ޓެކްސީ ކުރާ އެ ފަދަ އުޅަނދުތަކުގެ ބޯޑުގައި އަކުރުތައް ހުންނާނީ ރީނދޫ ކުލައިގައިކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

ސަރުކާރުން ފަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިންގައިވެސް ބޭނުންކުރަން ނިންމާފައިވަނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޓެކްސީ ލައިންގެ ހިދުމަތް މި އަންނަ ފިތުރު އީދުގައި ފަށާނެކަމަށް މިނިސްޓަރު އަމީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;