ads
ގެއްލިގެން ހޯދަމުންދާ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް
އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ
ކުޑަ ޑިންގީއެއްގައި، އެކަނި ކަނޑުމައްޗަށް ނުކުތް ރ. ވާދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
Advertisement

ފުލުުހުން ބުނި ގޮތުގައި ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.  

ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. 

އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. 

މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;