ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާއިން ތެލުގެ އަގު ހިފަހައްޓަނީ
ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެންވެސް، ތެލުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ހާލަތު ގޯހެއް ނުވާނެ ކަމަށެވެ. އަދި ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި އަންނަ ޓޫރިސްޓުންނަށް ވުމާއެކު، އެ ހަނގުރާމައިގެ ސަބަބުން ރާޢްޖޭގެ އާމްދަނީއަށާއި އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ތެލާއި ގޭހަށް ބަލައިފި ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އެބަހުއްޓޭ. އެކަމަކު ތެލުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާއިރު، އިތުރަށް ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ޚަރަދު ހަމަޖެއްސުންކަމަށެވެ.

"އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން. މާކެޓަށް އައި އަސް ބަދަލަށްވުރެ ރާއްޖޭގައި ވަރަށް ކުޑަ ބަދަލެއް މި އައީ. މިއީ ވަރަށް ނާޒުކުރު ކަމެއް. ވަރަށް ބޮޑަށް އަގުތަކަށް ބަލާފަ ތެލުގެ އަގު ހަދަނީ." ޒަމީރު ވިދާޅުވި އެވެ.


ޒަމީރު އިތުރަށް ވިދާޅުވީ އެސްޓީއޯގައި ތެޔޮ އުފުލާ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރެވޭއިރު، މިވަގުތުވެސް 22،000 މެޓްރިކް ޓަނުގެ އިތުރު 2 ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތްކަމަށެވެ. މީގެތެރެއިން އެއް ބޯޓުކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި އަދި އަނެއް ބޯޓު ތެޔޮ ހިފައިގެން މިއަދު ފުރާނެކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ހަމަނުޖެހުން ދިގުދެމިގެންދާ ނަމަ ތެޔޮ ފީފާއެއްގެ އާންމު އަގު 90-100 ޑޮލަރަށް އަރާނެ ކަމަށް ވެސް މާކެޓް ދިރާާސާކުރާ މީހުން ދަނީ ބުނަމުންނެވެ.  
ތެލާއި ގޭސް އުފުލުމުގައި އެތައް ގައުމަކުން ބަރޯސާވާ މުހިންމު މަގު ކަމަށްވާ ހޮރްމުޒްގައި ކާގޯ ބޯޓުތަކަކަށް ހަމަލާ ދިނުމަށް ފަހު އީރާނުން އިއްޔެ ބުނީ އެމެރިކާ އާއި އިޒްރޭލުގެ އަދި އެ މީހުންގެ ބައިވެރިންނާ ގުޅުން އޮންނަ ކޮންމެ ބައެއްގެ އުޅަނދެއް އެއީ ހަމަލާ ދިނުން ހައްގު އެއްޗެއްގެ ގޮތުގައި ބަލައި ހަމަލާ ދޭނެ ކަމަށެވެ. 

އީރާން އަސްކަރިއްޔާގެ ވަރުގަދަ ފައުޖު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަ އިން ޗީފް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "މި ކުރެވެނީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ދިގު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމާ މެދު" އެމެރިކާ އާއި އިޒްރޭލުން ވިސްނަން ޖެހޭނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;