ads
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.ޝަހީމް
ރާއްޖެއަށް އެނބުރި ނާދެވިފައި 50 އުމްރާވެރިން އެބަތިބި، ގެންނަން މަސައްކަތް ކުރަނީ
އެމެރިކާއާއި އިޒްރޭލުން އިރާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް އެނބުރި ނާދެވިފައި 50 އުމްރާވެރިން އެބަތިބިކަމަށާއި އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެެ.
Advertisement

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.  

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50ކަށް އުމްރާވެރިން ރާއްޖެ ނާދެވި ތާށިވެފައި އެބަތިބި ކަމަށެވެ. އެހެންކަމުން އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި،" ޝަހީމް ވިދާޅުވިއެވެ.

މިވަގުތު 2،000 އަށްވުރެ ގިނަ އުމްރާވެރިން މައްކާގައި އެބަ ތިބިކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;