މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.
މި ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރު ކުުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އެގޮތުން ކެބިނެޓްގެ މަޝްވަރާއާއި އެކު މި ފަހަރު ރަށްތަކުގައި އީދު ބޮކި ނުދިއްލާ ސީޓިތަކުގައި އެކަނި ދިއްލަން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށެވެ.
އީދު ބޮކި ރަށްތަކުގައި މިފަހަރު ނުދިއްލާނެކަން ސަރުކާރުން މި އިއުލާންކުރީ ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން ފާޑިކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެެެއްގައެވެ. އެގޮތުން އާއްމުންނަށް ތެލުގެ އަގުު ބޮޑުކޮށް ސަރުކާރުން އީދު ބޮކި ދިއްލަން ހަރަދުކުރާތީ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;