ads
ރާއްޖެއަށް ތެޔޮ ހޯދަން ސަރުކާރުން އިންޑިއާގެ އެހީއަށް އެދެފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ކުރަމަތިވެފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް އެދެފިކަމަށް އެ ގައުމުން ބުނެފިއެވެ.
Advertisement

ރާއްޖެއަށް ތެޔޮ ސަޕްލައިކުރަން އިންޑިއާގެ އެހީތެރިކަމަށް އެދުނުކަން ހާމަކުރީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާއިން ވެސް އިންޑިއާ މެދުވެރިކޮށް ތެޔޮ ހޯދުމަށް އެދިފައިވާކަމަށެވެ. އަދި ގައުމުތަކުން އެދިފައިވާ ރިކުއެސްޓްތައް ބަލަމުން އަންނަކަމަށް ޖައިސްވާލް ވިދާޅުވިއެވެ. އަދި އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެކަމަށް ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދިމާވާކަން ދިރާސާކުރުމަށް ހެދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ގައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ ގައުމުތަކުގެ ނަންތަކެއް މިނިސްޓަރު ހަލީލް ވިދާޅެއް ނުވެއެވެ. 

އެ ބައްދަލވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް ތެލާ ގޭހުގެ އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި ތެލުގެ އަގަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އޭގެ ބުރަ ނުވާނެގޮތަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;