މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.
އެކޮމެޓީން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލާއި ގޭހަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އެގޮތުން ތެލާއި ގޭސް އެއްވެސް ދަތިކަމެެއް ނެތި ލިބޭ މިންވަރަށް އެބަހުރިކަމަށް ޒަމީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް ބޮޑުވި ނަމަވެސް ސަރުކާރުގެ އަމާޒަކީ އެކަމުގެ އުނދަގޫ ރައްޔިތުންނަށް ކުރުމަތިނުވާ ގޮތަށް ތެލުގެ އަގު ހިފެހެއްޓުމަށްކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ތެޔޮ ގެންނަ އެސްޓީއޯގެ ފައިދާ އިން ސަބްސިޑީ ނެގުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އެސްޓީއޯގައި މިވަގުތު އޮތް ތެޔޮ ދެ ބޯޓުގެ ތެރެއިން 22،000 ޓަނުގެ ބޯޓު ތެޔޮ ބަރުކޮށްގެން މިހާރު ރާއްޖެއަށް އަންނަކަމަށާއި ދެން އޮތް 24،500 މެޓްރިކް ޓަނުގެ ބޯޓު މިރޭ ރާއްޖެއަށް ފުރާނެކަަމަށް ޒަމީރު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;