އެމްޑީޕީން މިއަދު ވަނީ އިލެކްޝަންސް ކކޮމިޝަނާއި ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކޮމިޝަނާއި ހިއްސާކުރީ ވޯޓު ބާތިލްވުމާ ގުޅޭގޮތުން ހުރި އިޖުރާއަތަކާއި ގުޅިގެން ހުރި ކަންބޮޑުވުންރައްކަމަށެވެ. އެއް ކަރުދާހެއްގައި، މޭޔަރާއި، އަންހެނުންނަށް ހާއްސަ ގޮނޑިއާއި، ކައުންސިލަރު ހިމަނާފައިވުމުން ވޯޓް ބާތިލިވުމުގެ ފުރުސަތު ބޮޑުކަން އެމްޑީޕީން ފާހަގަކުރިއެވެ.
އެގޮތުން އެ ތަނުން އެންމެ މީހެއްގެ ނަމުގައި ގޯސްކޮށް ފާހަގަ ޖެހިޔަސް އޮންނަނީ މުޅި ވޯޓު ކަރުދާސް ބާތިލުވާތީ އެކަން ބަދަލުކޮށްދޭން އެދުނުކަމަށް ނިޔާޒު ވިދާޅުވިއެވެ. އެމްޑީޕީން ހުށެއެޅީ ތިން ގޮޅީގެ ތެރެއިން އެއް ގޮޅީގައި ކުރަހައިފައި އޮތަސް، މުޅި ކަރުދާސް ބާތިލްނުކުރަން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އެކަމާއި މެދު ވިސްނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނިކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީން ހުށަހެޅި އަނެއް ކަމަކީ ފުރަތަމަ ގުނާ ވޯޓަކަށް ރިފަރެންޑަމް ވޯޓު ހެދުން ކަމަށް ނިޔާޒު ވިދާޅުވިއެވެ. ސަބަބަކީ ކައުންސިލް އިންތިހާބުގެ ވޯޓު އާންމުކޮށް ގުނާ ނިމެެނީ ރޭގަނޑު ވަރަށް ދަންވާ ފަހުން ކަމަށް ވާތީކަމަށް ނިޔާޒު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ވަނަދުވަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;