އޭނާ އެހެން ވިދާޅުވީ، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އައްޑޫގައި ރަސްމީކޮށް އިފުތިތާހު ކުރުމަށް މިރޭ ހިތަދޫގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ޝަރީފު ވިދާޅުވީ ބީއެމްއެލް އޮތީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަމަށާއި އެގޮތުން އިތުރު ރަހުނަކާ ނުލައި، އައްޑޫގައި ގެދޮރު ހެދުމަށް މިހާރު ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ތައާރަފު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްގެ ތަރައްގީ އާއި އައްޑޫ ގުޅިފައިވާ ވަރު ހާމަކުރައްވަމުން އެ ބޭންކުގެ އެމްޑީ ވިދާިޅުވީ، މީގެ 42 އަހަރު ކުރިން ބީއެމްއެލްގެ ދެވަނަ ބްރާންޗުގެ ގޮތުގައި މާލެ އިން ބޭރުގައި ފުރަތަމަ ބްރާންޗެއް ހުޅުވީ ވެސް އައްޑޫގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އައްޑޫގައި ބޭންކިންގެ ހިދުމަތް ފެށިއިރު، އަމިއްލަ ވިޔަފާރިތަކާއި ފަރުދުންގެ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ލިބުމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެންކަމުން، އޭރު ވެސް އައްޑޫގެ ވިޔަފާރިތަކާއި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށްވީ ބީއެމްއެލް ކަމަށް ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްގެ ސްވައިޕް ހިދުމަތް އައްޑުއަށް ތައާރަފު ކުރި އިރު، އައްޑޫގެ 300އަށް ވުރެ ގިނަ ވިޔަފާރިތަކުން އެ ހިދުމަތް ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;