ads
މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގްލަދޭޝަށް ފަށައިފި
މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގްލަދޭޝަށް ފަށައިފި
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ފަށައިފި އެވެ.
Advertisement

މޯލްޑިވިއަނުން ކުރިންބަންގްލަދޭޝް އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ 2024 ގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު އެ ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ. އޭރު ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފުތާއަކު ވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ދިޔައީ ބާއްވަމުންނެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެ އެވެ.

އަލުން ޑާކާއަށް މި ދަތުރުތައް ރާވާފައިވަނީ ފަތިހު ޑާކާއަށް ފޯރާ ގޮތަށް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު އެވެ. 

މި ދުވަސްވަރަކީ ރޯދަމަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަށްވުމުން މިއީ އަމިއްލަ ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ މީހުންނަށް ލިބޭނެ ފަސޭހައެއްކަން މޯލްޑިވިއަން އިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;