ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރެއިން އަދި އެކުވެރި އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ދިވެހި ސަރުކާރުން އެކަމާ މެދު ނުހަނު ކަންބޮޑުވާކަމަށް ބަޔާނުގައިވެ އެވެ. އަދި މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައި ބުންޏެވެ.
ގަލްފުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
ގަލްފް ސަރަހައްދުގައި ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
އިސްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދޭންފެށީ މި ވިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލި އެވެ. އޭގެ ރަށްދެއްގެ ގޮތުން އީރާނުންވަނީ ހަނގުރާމަ އިއުލާންކޮށް، ގަލްފް ސަރަހައްދުތަކުގައިި ގާއިމްކޮށްފައި ހުރި އެމެރިކާގެ ބޭސްތަކާއި، އިދާރާތަކަށް ހަމަލާ ދޭން ފަށާފަ އެވެ. އެގޮތުން އެސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތަކަށްވެސް ހަމަލާތައް ވަނީ ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;