ads
ރަންވީރު ސިންގް
އެމެރިކާގެ މާކެޓު ވެސް ރަންވީރުގެ އަތްދަށަށް
ބޮލީވުޑް ތަރި ރަންވީރު ސިންގްގެ އުންމީދީ ފިލްމު "ދުުރަންދަރު: ދަ ރިވެންޖް" ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާގެ މާކެޓުގައި ވެސް އެ ފިލްމު ވަނީ އާދަޔާ ހިލާފު ކުރިއެރުމެއް ހޯދާފަ އެވެ.
Advertisement

އަދިތްޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާއަށް އެމެރިކާގައި އޮތް ތަރުހީބު ބޮޑުވެ، އެޑްވާންސް ބުކިންގައި ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމުތައް ވެސް ވަނީ ފަހަތަށް ޖައްސާލާފަ އެވެ.

މި މަހުގެ 19 ގައި ސިނަމާތަކަށް އަންނަ މި ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ޓިކެޓު ވަނީ ވިކިފަ އެވެ. ހަމައެކަނި ޕްރިވިއު ޝޯތަކުން 12 ކްރޯޑު ރުޕީސްގެ އާމްދަނީއެއް މިހާރު ވެސް ލިބިފައިވާއިރު، ބައެއް ސިޓީތަކުގައި ޕްރީމިއަމް ޓިކެޓެއްގެ އަގު ވަނީ 2،900 ރުޕީސްއަށް އަރާފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބޮލީވުޑް ފިލްމަކަށް މިހާ ބޮޑު ތަރުހީބެއް އެޑްވާންސް ބުކިންގައި ލިބުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ މާކެޓުގައި "ދުުރަންދަރު 2" ހޯދަމުންދާ ކާމިޔާބީއާ ގުޅޭގޮތުން ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނީ، މި ފިލްމަކީ ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑެއް މުގުރާލާނެ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ. 

ހާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި މާކެޓުތަކުގައި އިންޑިއާގެ އެހެން ބޮޑެތި ފިލްމުތަކަށް ވުރެ ބޮޑު ތަރުހީބެއް ލިބުމަކީ ރަންވީރު ސިންގްގެ މަގުބޫލުކަން އިންޓަނޭޝަނަލް ފެންވަރުގައި އިތުރުވެފައިވާ ކަމުގެ ހެކިކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;