މި ކެމްޕޭން މެދުވެރިކޮށް އުރީދޫން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށް، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި އުފާވެރިކަން ގެނެސްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
އުފެއްދުންތެރިކަމާއި، މުއާސަލާތީ ގުޅުމާއި އަދި މުނިފޫހިފިލުވުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތައް މި އިނާމު ޕެކޭޖުގައި ހިމެނެ އެވެ.
ފޮޓޯގްރަފީ، ވީޑިއޯގްރަފީ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދުވަހުން ދުވަހަށް ބޭނުންކުރާ ޑިޖިޓަލް އާލާތްތައް އެކުލެވޭ މި އިނާމަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކާއި، އުފެއްދުންތެރިން އަދި އާ ކަންކަން ތަޖުރިބާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ،
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;