އެ ސެންޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި ހިނގާ މާރިޗުމަހުގެ ފުރަތަމަ ހަފްތާގައި ސްކޭމްގެ 58 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
އެ މައްސަލަތަކުން ޖުމްލަ 425,186.20 ރުފިޔާ އެކި މީހުން އަތުން އޮޅުވާލައިގެން ފޭރި ގަނެފައިވާކަމަށް އެ ސެންޓަރުުން ބުނެއެވެ. އެ ފައިސާތަކުގެ ތެރެއިން ހޯދުނީ 145,215.15 ރުފިޔާކަމަށްވެސް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެއެވެ.
ފުލުހުން ބުނީ މި މަހުގެ ފުރަތަމަ ހަފްތާގައިވެސް އެންމެ ގިނައީ ތަކެތި ވިއްކާކަމަށް ބުނެ ހިންގާފައިވާ އީކޮމާސް ސްކޭމްތައް ކަމަށެވެ. އެގޮތުން އީ-ކޮމާސް ސްކޭމް 42 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާނަމަ ވިޔަފާރި ކުރުމުގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ސައްހަކަން ކަށަވަރުކުރަން އެދިފައެވެ. އަދި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުފޮނުވަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ދެން އެންމެ ގިނައީ މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތައްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މި ބާވަތުގެ ނުވަ މައްސަލައެއް ހުށައެޅިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ ފައިސާ ފޮނުއްވުމުގެ ކުރިން، އެ މީހަކަށް ސީދާ ފޯނުން ގުޅުއްވައި މައުލޫމާތުގެ ސައްހަކަން ޔަގީން ނުކޮށް ފައިސާ ނުފޮނުވުމަށް އިލްތިމާސްކޮށްފައެވެ.
ޑޮަލަރު މާރުކޮށްދޭނެކަަމަށް ބުނެ ހިންގާފައިވާ ސްކޭމްތައްވެސް ގިނަ ކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;