މިއީ ދައުލަތުން ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަސީހްގެ މައްޗަށް ދައުވާކުރި މައްސަލައެކެވެ. ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި މި ހާދިސާގައި ފަސީހު އިތުރު ބަޔަކު ގުޅިގެން މީހަކު މާލޭގައި ހުންނަ ހަލަވެލި ގެސްޓްހައުސްއަށް ގެންގޮސް އެ މީހާއަށް އަނިޔާކޮށް، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ފޭރުނުކަމަށް މި މައްސަލާގެ ދައުވާގައި ވެއެވެ.
މި މައްސަލައިގައި ހުސައިން ޔޫނުސް ފަސީހްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ. ފުރަތަަމަ ދައުވާއަށް އިންކާރުކުރުމަށް ފަހު، ފަހުން އޭނާވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.
އެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ހުކުމްކުރީ ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. އަދި އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންވަނީ އަންގާފައެވެ. މި މައްސަލައިގެ ތަހުގީގުގައި އަދި ޝަރިއަތުގެ މުއްދަތުގައި މިހާތަނަށް މި މީހާވަނީ ހަތަރު މަހާއި 26 ދުވަސް ޖަލުގައި ހޭދަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އޭނާ ދެން އިތުރަށް ޖަލުގައި ހުންނަން ނުޖެހި ވަނީ މިނިވަން ވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;