މެޓް އޮފީހުން ބުނީ ކޮމްމެ އަހަރެއްގެވެސް މާރިޗު އއަދި އޭޕްރިލްމަ މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ.
މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަަމަށް މެޓް އޮފީހުން ބުނެއެވެ. ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ ވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންވެކަމުން އާއްމު ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އޭޕްރިލް މަހަށް ލަފާކުރެވޭ ގޮތުންވެސް އާއްމު ގޮތެއްގައި ހުންނަ ވަރަސް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ކޮންމެ ދުވަހަކުވެސް ހޫނު މިން އެންމެ މައްޗަށް ދާނީ މެންދުރު 2 ޖަހާއިރުކަމަށެވެ.
މެޓުން އާއްމުކުރި ރިކޯޑްތަކުން ދައްކަނީ މިއަދުގެ ހޫނުމިނަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ، މާލެ ސަރަހައްދުގައިކަމަށެވެ. މި ސަރަހައްދުން ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަމަށް މެޓު އޮފީހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;