ads
މަސް މާރުކޭޓް
ރޯދަ ބާޒާރު: މަހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި
ޑިމާންޑް ބޮޑުވި ނަމަވެސް މި ފަހަރުގެ ރޯދަ މަހުގައި ފަރުމަހާއި ކަނޑު މަހުގެ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
Advertisement

ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު ކުޑަކޮށް އުފުލުނު ނަމަވެސް ރޯދަ މަހުގެ ފަހު ދިހައަކަށް ދިޔައިރު މަހުގެ ބާވަތްތަކުގެ އަގުތައް ހުރީ ދާދި އެއްވަރެއްގަ އެވެ. ހާއްސަކޮށް ކަނޑު މަހުގެ އަގު ވަނީ ހެޔޮވެފަ އެވެ.

އެގޮތުން މަސްމާރުކޭޓުގެ އަގުތަކަށް ބަލާއިރު،

  • ކަނޑުމަސް 20 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 20-30 ރުފިޔާއަށް ކިލޯއެއް
  • ލައްޓި: 20 ރުފިޔާއަށް މަހެއް
  • މާނިޔަ މަސް: 50 ރުފިޔާއަށް މަހެއް
  • ހަންޖެއް: 210-220 ރުފިޔާއަށް
  • ރަތްމަސް: 110 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: 15 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20-25 ރުފިޔާއަށް ހަތަރު މަސް

މީގެ އިތުރުން ބާޒާރުގައި ތަކެތީގެ އަގު މިދިޔަ ހަފްތާއަށްވުރެ ކޮންމެވެސް ވަރަކަށް މިހާރު ވަނީ ހެޔޮވެފަ އެވެ. އެގޮތުން ކަނޑޫދޫ މިރުހުގެ 100 ގްރާމް 60ރ. އަށް އެރުމަށްފަހު މިހާރު 40ރ. އާއި 45ރ. އަށް ލިބެ އެވެ.

މީގެއިތުރުން ބާޒާރުގައި ކުރުނބާގެ އަގު 40ރ. އާއި 50ރ. އާ ދެމެދު ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150ރ. އަށެވެ. ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް 60ރ. އަށް ލިބެ އެވެ.

ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 20ރ. އަށެވެ. ނަމަވެސް ފަހުން ކިލޯއެއްގެ އަގު 25ރ. އަށް އުފުލުނުއިރު، މިއީ މި ރޯދަ މަހު ކަރާގެ އަގު 35ރ. އަށް އެރި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;