މީރާއިން ބުނީ މިދިޔަ މަހު ދައުލަތަށް 2.8 ބިލިއަން ރުފިޔާގެ އާއްމަދީ އެއް ލިބިފައިވާކަމަށެވެ.
ޓެކްސް ނުދައްކާ މީހުންގެ އަތުން މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައިވާކަމަށް މިރާއިން ބުނެއެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިން ބުނެއއެވެ.
މީގެއިތުރުން ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ އާއި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިރާއިން ބުނެއެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ ލިބުނުކަމަށްވެސް މީރާއއިން ބުނެއެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.
މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކުހުން 599.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;