ބީއެމްއެލް އިން ބުނި ގޮތުގައި މިއަދުން ފެށިގެން ބޭންކްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށާއި މި ރޯދަ މަހުގެ ފަހު ދިހައެއްގެ މުއްދަތުގައި ބްރާންޗަކުން ހިދުމަތް ހޯދަން ބޭނުންވާ ނަމަ 11 އަދި 18 މާރިޗް ގެ ހެނދުނު 9:30 އިން މެންދުރު 12:30 ގެ ނިޔަލަށް ހިދުމަތް ލިބޭނެ ކަމަށެވެ.
މިއަދުން ފެށިގެން ރޯދަމަހުގެ ފަހު ދިހައަކާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;