ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަޒްވަރު ވިދާޅުވީ ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް އެ ހިދުމަތްތައް ދެމުން އަންނަނީ ސްޓެލްކޯ އިން ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ ޑީއެމްޑީ ޑރ.އަޒްވަރު ވިދާޅުވީ މާލެ އަތޮޅާއި، އއ އަދި އދއާއި ވ.އަތޮޅު ހިމެނޭ ޒޯނުގެ ރަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ސްޓެލްކޯއިން ކަމަށެވެ.
ނަމަވެސް ހުރާގައި އެ ހިދުމަތްތައް ފޯރުކޮށްދެމުންއައީ ފެނަކައިންކަމަށާއި، މިއަދު ގާއިމުކުރެވުނު އެއްބަސްވުމާއެކު އެ ޒޯނުގައި ސްޓެލްކޯގެ ހިދުމަތް ނުލިބޭ ހަމައެކަނި ރަށަށްވެސް އެ ކުންފުނިން ހިދުމަތް ދޭން ފެށިގެންދާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;