ads
ރައީސް މުއިއްޒު
ޕީއެންސީއަށް ގަދަކަމުން މެމްބަރުން ނުވައްދަން، އެދެނީ 100،000 ހަމަކުރަން: ރައީސް
ޕީއެންސީގެ މެމްބަރުން 100،000 އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައެވެ.
Advertisement

"ދަ ގްރޭޓާ އައްޑޫ އިވެންޓު" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ 2023 ވަނަ އަހަރު ޕީއެންސީގައި ތިބީ 3,000 މެމްބަރުން ކަމަށެވެ. އެހެންނަމަވެސް މިއަދު އެ ޕާޓީގައި 75,000 ވުރެ ގިނަ މެމްބަރުން އެބަ ތިބިކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މީ ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އިތުރުކުރަން ވީ ވަގުތުކަމަށެވެ.

ރައީސް މުއިއްޒޒު ވިދާޅުވީ ޕީއެންސީއަށް އެއްވެސް މެމްބަރެއް ގަދަކަމުން ވައްދާގައި ނުވާނެކަމަށެވެ. ޕާޓިއާ ގުޅުނު ހުރިހާ މެމްބަރުން ގުޅުނީ ފުރިހަމަ ރުހުމުގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހު އޮންނާނެކަންވެސް ރައީސް މުިއއްޒު ވަނީ އިއުލާންކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;