ads
ކޮކްޓެއިލް 2 ގެ ތަރިން
'ކޮކްޓެއިލް 2' ގެ މަސައްކަތް ނިންމާލައިފި
ބޮލީވުޑް ފިލްމު 'ކޮކްޓެއިލް 2' ގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.
Advertisement

ޑައިރެކްޓަރު ހޯމީ އަޑަޖާނިއާގެ މި ފިލްމުގެ މަސައްކަތް ޖެނުއަރީ 30 ވަނަ ދުވަހު ނިންމާލާފައިވާއިރު، ފިލްމުގެ ފުރަތަމަ ޓީޒާ މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޓީޒާ ދައްކާނީ ރަންވީރު ސިންގް ގެ ފިލްމު 'ދުރަންދަރް 2' އާއެކުގައެވެ.

2012 ވަނަ އަހަރު ނެރުނު ފިލްމާ ހިލާފަށް މި ފިލްމުން ފެނިގެންދާނީ މުޅިން އާ ތަރިންނެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރު، ކްރިތީ ސެނަން އަދި ރަސްމިކާ މަންދަންނާ ހިމެނެއެވެ. މިއީ ޝާހިދު އާއި ރަސްމިކާ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. މިއީ ކުރީގެ ފިލްމާ ގުޅޭ ފިލްމަކަށް ވުރެ ބޮޑަށް، އޭގެ އިހުސާސްތައް ގެނެސްދޭނެ އާ ލޯބީގެ ކަންތައްގަނޑެއް ކަމަށް ކްރިތީ ބުންޏެވެ.

މިހާރު ކުރިއަށްދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތަކެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އިންޑިއާ ގެ ޓީ ސީރީޒް އިން ވަނީ ލަވަތަކުގެ ރައިޓްސް ގަނެފައެވެ. ސެޕްޓެމްބަރު މަހު ނެރުމަށް ތާވަލުކޮށްފައިވާ މި ފިލްމަކީ ބޮލީވުޑް އަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;