ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.
ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރަައްވާއިރު މި މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ވަނީ ނިންމަވައިފަ އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް އެ ދުވަހު ވިދާޅުވީ، މީޑިއާއާ އެމަނިކުފާނު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް އެމަނިކުފާނު މައުލޫމާތު ދެއްވުމުގެ ގޮތުން، މި އަހަރުގެ މާރިޗް މަހުން ފެށިގެން އާންމު އުސޫލެއްގެ ގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;