ads
މާފުށި ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބެއްވި ރަސްމިއްޔާތުގައި މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިން ބައިވެރިވަނީ - ފޮޓޯ: ހައުސިން މިނިސްޓްރީ
މާފުށީ ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
ކ. މާފުށްޓާއި އެރަށުން އަލަށް ހިއްކާފައިވާ ސަރަހައްދު ގުޅުވާލަދޭ ބުރިޖު - ކޯޒްވޭގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
Advertisement

އެ މަސައްކަތް ރަސްމީކޮށް ފަށަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން މާފުށީ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން މާފުއްޓާއި އެރަށުގެ ހިއްކާފައިވާ ސަރަހައްދު ގުޅާލުމަށް 137 މީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މަޝްރޫއުގެ އަގަކީ 35.42 މިލިއަން ރުފިޔާ އެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެއީ އަހަރު ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

މާފުށީގައި 25 ހެކްޓަރުގެ ބިމެއް ހިއްކައި ނިންމާލީ 2021 ވަނަ އަހަރެވެ. އެ ބިން ހިއްކީ ދައުލަތުން 118 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެ ހިއްކި ބިމުގެ 45 ޕަސެންޓު ބޭނުން ކުރަން ނިންމާފައި ވަނީ އެ ރަށުގެ މީހުންނަށް ގޯތި ދިނުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;