ads
31 ހާފިޒަކު ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފި
ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުން ދަސްވެނިވުމުގެ ތާރީހީ ފުރަތަމަ ހަފްލާ ބާއްވައިފި އެވެ.
Advertisement

ހާފިޒުން ދަސްވެނިވުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

މިރޭ ދަސްވެނިވި ހާފިޒުންގެ ތެރޭގައި ހިމެނެނީ:

  • 19 ފިރިހެން ހާފިޒުން

  • 12 އަންހެން ހާފިޒުން

ހާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ ހަފްލާއަކީ މިކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ގުރުއާން މަތިވެރިވެރިކުރުމުގެ ގޮތުން 1447 ވަނަ އަހަރުން ފެށިގެން ބާއްވަން ނިންމި ހަލްފާއެ ކެވެ. މި ހަފްލާގައި ހާފިޒުންނަށް ރައީސް ދެއްވާ މެޑައްޔާއި އިނާމު 50 ހާފިޒުންނަށް ވަނީ ލިބިފަ އެވެ.  

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރުއާނަށް ހިދުމަތްކުރުމުގައްޔާއި ގުރުއާން ހިތުދަސްކުރުމުގެ ކަންތައްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރުމުގައި ރާއްޖެ މިއަދު ދެކެމުން އަންނަނީ ހެޔޮ ދުވަސްތަކެއް ކަމަށެވެ.

"ވޭތުވެ ދިޔަ އަހަރުގެ 19 މިލިއަން ރުފިޔާ ގުރުއާން ހިތުދަސްކުރުމުގެ ދާއިރާއަށް ސަރުކާރުން ވަނީ ހޭދަކޮށްފައި. މި ހަރަދު ބިނާވެފައި އޮތް އެންމެ މުހިއްމު އެއް ދާއިރާއަކީ ގުރުއާން ހިތުދަސްކުރުވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 301 އަށް އަރާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;