ads
އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު
އީރާންގެ ކުރީގެ ރައީސް އަހްމަދީނީޖާދު ވެސް އަވާހަރަކޮށްލައިފި: ރިޕޯޓު
އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ނޫސްތަކާއި ހަވާލާދީ ސްކައި ނިއުސް އިން ބުނެފި އެވެ.
Advertisement

ރިޕޯޓުތަކުގައިވާ ގޮތުން، އިސްރާއީލުން އީރާނަށް އިއްޔެ ފުރަތަމަ ދިން ވައިގެ ހަމަލާތަކުގައި، އުމުރުން 69 އަަހަރުގެ އަހްމަދީނީޖާދު ވެސް ވަނީ އަވާހަރަކޮށްލައިފަ އެވެ. އޭނާ އަވަހާރަވީ ބޮޑީގާޑާއެކު ކަމަށް ދައުލަތާ ގުޅުން ހުރި އިލްނާގެ ނޫސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަނބިދަރިފުޅާއި، ކާފަ ދަރިފުޅުވެސް ވަނީ މި ހަމަލާތަކުގައި މަރުވެފަ އެވެ.

އަހުމަދީނީޖާދަކީ އިސްރާއީލާއި އެ ސަރަޙައްދުގައި އިސްރާއީލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އޭނާގެ ރިޔާސީ ދައުރުގައި އީރާނުން ބައިނަލްއަގްވާމީ ގޮތުން އެކަހެރިވެފައިވަނީ އިސްރާއީލަށް ދިން އަސްކަރީ އިންޒާރުތަކުގެ ސަބަބުންނެވެ. އަދި އޭނާ އަކީ އިޒްރޭލާ ދެކޮޅަށް ވެސް ފާޅުގައި އިންޒާރު ދެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ. 

އެމެރިކާއާއި އިސްރާއީލާއެކު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އަމަލުކުރާނެ ގޮތުގެ ރޭވުންތައް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ކުރިން ރާވާފައި އޮތް ނަމަވެސް، އޭނާ އަވަހާރަކޮށްލުމަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ގޯސްވެ، ފުޅާވެދާނެ ކަމުގެ ބިރުވެރިކަމާއި ނޭނގޭ ކަންތައްތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބެލެވެ އެވެ.

ހާމަނާއީގެ ބަދަލުގައި ވެރިކަމަށް އަންނާނެ ސީދާ ފަރާތެއް ކަނޑައެޅިފައި ނުވާއިރު، އޭނާ އަވަހާރަވުމާ ގުޅިގެން ތެހެރާންގެ ދާހިލީ މަސްރަހުގައި ބާރުގެ ހިންގުމުގެ ކޯޅުންތަކެއް އުފެދި، ހަމަނުޖެހުންތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މިއީ މިހާރު ވެސް ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;