ޝިޔާމް ވިދާޅުވީ، އެވަރެޖްކޮށް ކެންޑިޑޭޓެއްގެ މައްޗަށް ދޮޅު މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަަމަށާއި، 2009ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 455 ކެންޑިޑޭޓުން ވާދަކުރިއިރު، އެ އިންތިހާބަށް ބެލި ކަމުގައިވިޔަސް ގާތްގަނޑަކަށް 782 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ ގޮނޑިއެއް ކަށަވަރުކުރުމަށްޓަކައި ކެންޑިޑޭޓުން އެވަރެޖްކޮށް ތިން މިލިއަން ރުފިޔާ 2024ވަނަ އަހަރު ޚަރަދުކުރިނަމަ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ މި ބަދަލުގެ ސަބަބުން ވެސް ރިޔާސީ ދައުރުގެ މެދުތެރެއިން ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުގެއްލޭ ކަމަށެވެ.
އެމްޑީޕީން މި ފަހުން ވަކާލާތުކުރަމުން ދަނީ މަޖިލިސް އިންތިހާބު ދައުރުގެ މެދު ތެރެއަށް ބަދަލުކުރުމަށެވެ. ރިޔާސީ އިންތިހާބު ބާއްވާތާ ފަސް މަހެއްހާ ދުވަސް ފަހުން މަޖިލިސް އިންތިހާބު އޮންނަ އިރު، ކޮންމެ ފަހަރަކު އޭރެއްގެ ސަރުކާރުން ބޮޑު މެޖޯރިޓީއެއް ހޯދަ އެވެ.
ފަލާހް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުން ވެސް ކައުންސިލް އިންތިހާބު އޮންނާނީ ދައުރުގެ މެދުތެރެއަށެވެ. އެހެންކަމުން ދައުރުގެ މެދުތެރެއަށް ބޮޑު އިންތިހާބަކާ އޭރެއްގެ ސަރުކާރުން ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީން ބުނީ ފެންނަ ނުފެންނަ ވޯޓުގައި އެޕާޓީން ތާއީދުކުރާނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށާއި މިކަމަށް ވަރަށް ގިނަ ރައްޔިތުންގެ ތާއީދުކުރާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ފެބްރުވަރީ މަހުގެ 16ވަނަ ދުވަހެވެ.
ދެ އިންތިހާބު އެއްކުރަން ހިޔާލު ހޯދުމުގެ ވޯޓަށް އިދިކޮޅު އެމްޑީޕީން އަންނަނީ ދެކޮޅު ހަދަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;