ads
މެދުއިރުމަތީގެ ހަމަނުޖެހުން: ނުފުރުނު ފަތުރުވެރިން ކުރީގެ ޑޮމެސްޓިކް ޓާމިނަލަށް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެކު ފްލައިޓުތައް ކެންސަލްވެ، ރާއްޖޭން ނުފުރި ތިބި ފަސިންޖަރުންގެ ތެރެއިން އެއާޕޯޓުގައި ތިބޭ ފަސިންޖަރުންނަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ހަމަޖައްސައިދީފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭ އެއާޕޯޓަށް ވަޑައިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނުފުރި ތިބި ފަތުރުވެރިންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް އެމްއޭސީއެލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ.

ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޖު ހުޅުވައިގެން އެތަން ސާފުކޮށްފައި އެތަނުގައި ވެސް އާއިލާތަކަށް ތިބެވޭނެ ގޮތަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނުފުރި ރޭގައި އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން މަޑުކުރަން ޖެހުނެވެ. އެ މީހުން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.

ރައްދުގައި އިރާނުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފަ އެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ސައޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.


އެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނުވަ މިނިސްޓަރުން ހިމަނައިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;