ads
އެމެރިކާގެ ފްލޮރިޑާ ސިޓީ - ފޮޓޯ:ޝަޓާސްޓޮކް
ދިވެހިން އެމެރިކާ ދެކެ ރުޅި އައިސް ފޫހިވެއްޖެ، އެންމެ ރުހެނީ ސައުދީ އާއި ޗައިނާ ދެކެ
ބޭރު ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ފައްސި ނަޒަރަކުން ދެކެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާއާ މެދު ކަމަށް، ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ "ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ" އިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ.
Advertisement

ޖުމްލަ 391 މީހުންނަށް ގުޅައިގެން ބާނި ސެންޓަރުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން އަދި ޒުވާނުން ވެސް އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ އެވެ.

އެ ސާވޭގައި 10 އަކުން އެމެރިކާއަށް ލިބުނީ 3.5 އެކެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ދިވެހިން އެންމެ ރަނގަޅަށް ބަލައިގަންނަނީ ސައުދީ އަރަބިއްޔާ އަދި ޗައިނާ އެވެ. އެ ދެ ގައުމަށް 10 އަކުން 6.9 ލިބުނެވެ.

ދިރާސާގެ ބައިވެރިން އެ ލިސްޓުގައިވާ ގައުމުތަކަށް ޕޮއިންޓު ދިން ގޮތަކީ:

1- ސައުދީ އަރަބިއްޔާ - 6.9

2- ޗައިނާ - 6.9

3- އިންޑިއާ - 6.2

4- ރަޝިއާ - 5.2

5- އޮސްޓްރޭލިއާ - 4.9

6- ޔޫކޭ - 4.3

7- ޔޫކްރެއިން - 3.9

8- އެމެރިކާ - 3.5

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;