ads
އީރާންގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ހާމަނާއީ
ހާމަނާއީ އަވަހާރަކޮށްލާފައިވާކަން އީރާނުން އެއްބަސްވެއްޖެ
އީރާންގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ހާމަނާއީ އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އަަވަހާރަކޮށްލާފައިވާ ކަމަށް އިރާނުން އެއްބަސްވެ ރަސްމީކޮށް އިއުލާންކޮށްފި އެވެ.
Advertisement

އުމުރުން 86 އަހަރުގެ ހާމަނާއީ އަވަހާރަޮށްލާފައިވާ ކަމަށް އެމެރިކާ އާއި އިޒްރޭލުން ރޭ ވަނީ ބުނެފައެވެ. އެހެންނަމަވެސް އީރާނުން އެކަން މިހާތަނަށް އައީ ދޮގުކުރަމުންނެވެ.

އެހެންނަމަވެސް އީރާންގެ ގައުމީ ޓީވީން މިއަދު ހެނދުނު ވަނީ ހާމަނާއީ އަވަހާރަވެފައިާކަމަށް އެއްބަސްވެ އެކަމް އިއުލާންކޮށްފަ އެވެ. އަދި ހާމަނާއީގެ އިތުރުން އީރާންގެ ޖުޑީޝަރީން ވަނީ އީރާންގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ޖެނެރަލް މުހައްމަދު ޕަކްޕޫރް އާއި އިސް މުޝީރު އަލީ ޝަމްހާއީ ވެސް އަވަރާވެފައިވާ ކަމަށް އިރާނުމް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ހާމަނާއިގެ އަނބިކަނބަލުންނާއި ކާފަ ދަރިންވެސް މި ހަމަލާގައި ވަނީ މަރުވެފަ އެވެ.

އީރާންގެ ގައުމީ ޓީވީން ބުނި ގޮތުގައި އީރާން ހިންގުން މިހާރު ވަނީ ރައީސް މަހްމޫދު ޕެޚެޝްކިއަން އާއި އިތުރު ދެ އޮފިޝަލަކު ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.  


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;