ފަތުރުވެރިކަން ކުރަން ރަށްތަކާއި ފަޅުތައް ތަރައްގީ ކުރުމަށް ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. ޓޫރިޒަމް މިނިސްޓްރީން އޭރު ކުރި އިއުލާނަށް ގެނައި އިސްލާހުގައި ތ. ކަނިމީދޫ އަދި ބ. އަތޮޅުގެ ފަޅެއް ލިސްޓުން އުނިކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. މި ދެތަން އުނިކުރާ ސަބަބެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެެއް ނުވެ އެވެ.
ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ، 68 ހެކްޓަރުގެ ރަށެކެވެ. ބ. އަތޮޅުން ފަތުރުވެރި ކަމަށް ތަރައްޤީކުރަން ނިންމި ފަޅަކީ، 0.62 ހެކްޓަރުގެ ސަރަހައްދެކެވެ.
ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 63,248 ގައެވެ. ނަމަވެސް 2024 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 67,475 އަށް އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 4,227 އެނދުގެ އިތުރުވުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;