މި މިސްކިތް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވިއެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ މިހާތަނަށް ހުޅުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;