ބޭބެއެއްގެ ފިހާރައިގެ ބިއްލޫރިތައް ތަޅާލާނެ ކަމަށް ބުނި މީހަކީ، ގ. ބެރުގޭ މުހައްމަދު ނަވީންއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިފައެވެ.
އޭނާގެ މައްޗަށް ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.
ނަވީންއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ނަވީންއަކީ އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައިގައި ކުރިން ހައްޔަރު ކުރި މީހެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;