އިސްލާމިިކް މިނިސްޓްރީން ވަނީ "ހުކުރު ހުތުބާ ކުއިޒް" ގެ ނަމުގައި ކުއިޒެއް މިއަދު އިފްތިތާހުކޮށްފައެވެ.
މި ކުއިޒު އަމާޒުކޮށްފައިވަނީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން ތިން އުމުރު ފުރާއަކަށް ބަހާލާފައިވާކަމަށް މިނިސްޓްރީން ބުނެެއެވެ.
އުމުރު ފުރާތައް
ކޮންމެ އުމުރު ފުރާއަކަށްވެސް ސުވާލުތައް ހުންނާނީ އެ އުމުރުފުރާއަކާއި ގުޅޭގޮތަށް ކަމަށެވެ. މި ކުއިޒުން ކޮންމެ އުމުރުފުރާއަކުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށް އެއްވަނަ އަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިތުރު އިނާމުތައް ކޮންމެ އުމުރުފުރާއަކަށްވެސް
މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B
މުބާރާތް ކުރިއަށް ގެންދާނެ ގޮތް
މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މައުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;