ads
ޖޭއެސްސީގެ މެމްބަރުކަމަށް ހައިކޯޓްގެ ފަނޑިޔާރު ޝަފީއު އައްޔަންކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީގެ މެމްބަރުކަމަށް ހައިކޯޓްގެ ފަނޑިޔާރު ޝަފީއު އައްޔަންކޮށްފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް ހަސަން ޝަފީއު މިއަދު އައްޔަންކޮށްފިއެވެ.
Advertisement

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި  ހަސަން ޝަފީއު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. 

ހަސަން ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު   މުހައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަސަން ޝަފީއު ހަވާލުކޮށްދެއްވާފައެވެ.

ޝަފީއުއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ހާސިލުކުރައްވައި، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަފީއު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އޭރު  ޝަފީއު އައްޔަން ކުރެއްވީ ފެމިލީ ކޯޓުގެ ގާޒީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;