ads
އީސީގެ މެމްބަރުކަމަށް ރިއްފަރު އައްޔަންކުރުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ރިފްއަތު އައްޔަންކޮށްފި
ރައީސް ޑރ މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ ރިފްއަތު އަބްދު ﷲ މިއަދު އައްޔަންކޮށްފިއެވެ.
Advertisement

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި  ރިފްއަތު އަބްދު ﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. 

ރިފްއަތު އަބްދު ﷲ އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު  މުހައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރިފްއަތު އަބްދު ﷲ އާއި ހަވާލުކޮށްދެއްވާފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ރިއްފަތަކީ އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެމްބަރު އަބްދުއްރަހުމާން ސަލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާގެ އިތުރުން އަބްދުލްހަސީބު އިސްމާއީލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;