މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުަސަތު ހުޅުވާލީ މިދިޔަ މަހުގެ 18 ގަ އެވެ.
ހައުސިން މިނިސްޓްރީން މިހާތަނަށް ޖުމްލަ 5،067 މީހުން ފޯމު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 1،633 ފޯމެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޑްރާފްޓް މަރުޚަލާގައި ހުރި ފޯމްޔަކުގެ އަދަދު 11،304 އަށް އަރަ އެވެ.
ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;