މި އެވޯޑާ ހަވާލުވުމަށް ފިލްމުގެ ޑައިރެކްޓަރު ލަކްޝްމީޕްރިޔާ ދޭވީ އާއި ޓީމާއެކު ފަރުހާން ވެސް ވަނީ ސްޓޭޖަށް އަރާފައެވެ. ކުޑަކުދިންގެ މައުސޫމްކަމާއި ހިތްވަރުގަދަކަން ދައްކުވައިދޭ މި ފިލްމަށް ބާފްޓާގެ ޖޫރީ އާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މި އުފާވެރި ކާމިޔާބީގެ އިތުރުން، މިއީ ފަރުހާން އަހްތަރާއި އޭނާގެ އަންހެނުން ޝިބާނީ ދަންދޭކަރްގެ ކައިވެނީގެ ހަތަރުވަނަ އަހަރީ ދުވަސް ވެސް މެއެވެ. މި މުނާސަބަތާ ދިމާކޮށް ދެމަފިރިން ވަނީ ބާފްޓާގެ ރެޑް ކާޕެޓުން ފުރަތަމަ ފަހަރަށް އެކުގައި ފެނިލާފައެވެ. ރެޑް ކާޕެޓުގައި ފަރުހާން ކްލާސިކް ކަޅު ޓަކްސީޑޯއެއްގައި ހުރިއިރު، ޝިބާނީ ފެނިގެންދިޔައީ ޝެމްޕޭން ކުލައިގެ ހިތްގައިމު ހެދުމެއްގައެވެ.
މިއަހަރުގެ ބާފްޓާ އެވޯޑްސްގައި އިންޑިއާގެ ސިނަމާގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. "ބޫންގް" އަށް ލިބުނު އެވޯޑުގެ އިތުރުން، މަޝްހޫރު ބަތަލާ އާލިއާ ބަޓް ވެސް ވަނީ މި ރަސްމިއްޔާތުގައި ޕްރެޒެންޓަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފަރުހާންގެ ޓީމަށް މަރުހަބާ ކިޔަމުން، މިއީ އިންޑިއާގެ ފިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;