މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިދިކޮޅުގައި އޮތް އެމްޑީޕީއަކީ ކިހާ ވަރެއްގެ ޕާޓީއެއްކަން ހާމަކުރައްވާފަ އެވެ.
ސައީދު ވިދާޅުވީ، ރައީސް މުއިއްޒު މި ގައުމު ތަރައްގީ ކުރާނެ ގޮތުގެ ތަސައްވުރު ނުވަތަ ވައުދުތައް މީގެ ކުރިއާ ހިލާފަށް، ހުރިހާ ވައުދެއް ފޮތެއްގެ ސިފައިގައި ޕްރިންޓް ކުރައްވާފައިވާ ކަމަށާއި އެ ފޮތް ކައުންސިލްތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލް މުވައްޒިފުން ހަތަރުވަނަ ކެޓަގަރީން މައްޗަށް ޖައްސަވާ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވީ ރައީސް މުއިއްޒު ކަމުގައި ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އަންހެނުން ބާރުވެރި ކުރަން ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރީ ރައީސް މުއިއްޒު ކަމަށެވެ. އޭގެ ތެރޭގައި ރޯދަމަހުގެ އެލަވަންސާއި އެ ކޮމިޓީތަކުގެ މެމްބަރުންނަށް އިނާޔަތެއް ކަނޑައެޅުން ސައީދު ފާހަގަކުރެއްވި އެވެ.
ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީއިން އަވަދިނެތި އުޅެނީ، ހަތަރު، ފަސް ބަޔަކަށް ބެހިގެން ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ ބޭފުޅެއްގެ މަޝްވަރާގަ އެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނަސް، ސައީދު ވިދާޅުވީ އެ ޕާޓީން އުޅޭނީ އެ މަސައްކަތުގައި ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;