ads
ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
އެންމެހައި ފަރާތްތަކުގެ ހައްޤުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމައުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
Advertisement

އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށް ވިދާޅުވެ، އިޖުތިމާއީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމައުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމައުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ އަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމައަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ޝާމިލުކަމާއެކު ކުރިއެރުން ގެނައުމަށް ބާރުއެޅުމަށާއި، ނާޒުކު ޖަމާއަތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް، އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއްކަމަށާއި، މި ބައިވެރިވުމާއެކު، ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިޖުތިމާއީ އަދާލަތު ޤާއިމުވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ފުރުސަތުތަކާއި، ކަރާމާތާއި، ރައްކާތެރިކަން ފޯރުކޮށްދެއްވުންކަމަށް ރައީސް މުއިއްޒު ވިދާޅުވެފައެވެ. އަދި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަގުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެމަނިކުފާނު އެންމެހައި ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހަކީ، އިޖުތިމާއީ ހަމަހަމަކަން ޤާއިމުކުރުމަށް ގޮވާލައި، ފަޤީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;