ސަސްޕެންސް ތުރިލާ، ކޯޓްރޫމް ޑްރާމާ އަދި ރޮމޭންސް ހިމެނޭ ގޮތަށް އުފައްދާ މި ފިލްމުގެ ޝޫޓިންގް ކުރިއަށްދާނީ އުއްތަރަހާންޑްގެ ޑެހްރަޑޫންގައެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަރުވިންދު ޕާންޑޭ ބުނި ގޮތުގައި، މިއީ ފިލްމުގެ ފެށުމުން ނިމުމާ ހަމައަށް އެއް ޝެޑިއުލެއްގައި ޝޫޓްކޮށް ނިންމާލާނެ ޕްރޮޖެކްޓެކެވެ. ފިލްމުގެ ކެރެކްޓާތަކަށް ބަލާއިރު، ސަސްޕެންސް ތުރިލާއަކަށް ވާތީ ކޮންމެ މީހެއްގެ ވެސް ތަފާތު ސިފަތަކެއް ފެންނާނެ ކަމަށާއި، ކެރެކްޓާތަކަކީ "ކަޅު ނުވަތަ ހުދު" ކަމަށް ނިންމަން ބެލުންތެރިންނަށް އުނދަގޫވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފިލްމުގެ ކާސްޓްގައި އަކްޝޭ އާއި ހޭލީގެ އިތުރުން ކަބީރު ދުހާން ސިންގް، މަަނޫ ރިޝީ ޗައްޑާ، ސަންތޯޝް ޝުކްލާ އަދި އިންދުރަ ކްރިޝްނާ ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން ހޭމަންތު ޕާންޑޭ އާއި ކުމާރު ސޯރަބް ވެސް މި ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ އަންކުރް ޚާތުރީއެވެ.
އަކްޝޭ އޮބެރޯއި މިހާރު ވެސް އަންނަނީ ޔަޝްގެ "ޓޮކްސިކް" އަދި ޝާހްރުކް ޚާންގެ "ކިންގް" ފަދަ ބޮޑެތި ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. ޑައިރެކްޓަރު އަރުވިންދު ޕާންޑޭ މީގެ ކުރިން ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި "އިޝްގް ޕަޝްމީނާ" ޑައިރެކްޓްކޮށްފައެވެ. "ލަވް ލޮޓަރީ" އަކީ ފިލްމަށް ދީފައިވާ ވަގުތީ ނަމަކަށް ވާއިރު، ރަސްމީ ނަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;