ads
"އައްސީ" ގެ މަންޒަރެއް
ކޮންމެ ދުވަހަކު ރިޕޯޓްކުރާ 80 ރޭޕް ކޭސް: ތާޕްސީގެ "އައްސީ" ރިލީޒްކޮށްފި
އިންޑިއާގައި ކޮންމެ ދުވަހަކު ރިޕޯޓްކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަނުބަވް ސިންހާގެ އާ ފިލްމު "އައްސީ" ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކޮށްފިއެވެ.
Advertisement

ތާޕްސީ ޕަންނޫ ލޯޔަރެއްގެ ރޯލުން ފެނިގެންދާ މި ކޯޓްރޫމް ޑްރާމާއަށް ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ލިބުނީ ފިނި ތަރުހީބެކެވެ.

ފިލްމުގެ ނަން ކަމަށްވާ "އައްސީ" (80) އިން ރަމްޒުކޮށްދެނީ އިންޑިއާގައި ދުވާލަކު ފުލުހުންނަށް ރިޕޯޓްކުރާ ޖިންސީ ގޯނާގެ 80 މައްސަލައެވެ. ޑައިރެކްޓަރު އަނުބަވް ސިންހާ ބުނި ގޮތުގައި، މިއީ ހަމައެކަނި ރިޕޯޓްކުރާ އަދަދެވެ. މީގެ އިތުރުން ރިޕޯޓް ނުކުރެވި ކިތަންމެ މައްސަލައެއް އުޅޭނެ ކަމަށާއި، ކޮންމެ 18 ނުވަތަ 20 މިނެޓަކުން އަންހެނަކަށް މިފަދަ އަނިޔާއެއް ލިބެމުންދާ ކަމީ ސިހުން ލިބޭ ފަދަ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޮކްސް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، "އައްސީ" އަށް ފުރަތަމަ ދުވަހު އިންޑިއާއިން ލިބިފައިވަނީ 95 ލައްކަ ރުޕީސްއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ޔާމީ ގޯތަމްގެ "ހައްގު" (Haq) ފިލްމުގެ އޯޕަނިންގް ކަލެކްޝަނަށްވުރެ ދަށް އަދަދެކެވެ. "ހައްގު" އަށް ފުރަތަމަ ދުވަހު 1.75 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

މި ފިލްމަކީ "ތައްޕަޅު" އަދި "މުލްކް" އަށްފަހު ތާޕްސީއާއި އަނުބަވް ސިންހާ އެކުގައި މަސައްކަތްކުރި ތިންވަނަ ފިލްމެވެ. ތާޕްސީގެ އިތުރުން މި ފިލްމުގައި ކަނީ ކުސްރުތީ، ރެވަތީ އަދި މުހައްމަދު ޒީޝާން އައްޔޫބު މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. ފިލްމަށް ލިބެމުންދާ ރިވިއުތައް މަސްހުނި ނަމަވެސް، ކުރިއަށް އޮތް ހަފުތާ ބަންދުގައި ފިލްމުގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;