ads
ރޯދަމަހު ކަސްރަތުކުރަން ރަނގަޅު ބައެއް ގަޑިތައް
ރޯދަމަހު ރޯދައަށް ހުރެގެން ކަސްރަތު ކުރުމަކީ ސިއްހީ ގޮތުން ކޮން ކަހަލަ ބައެއްތޯ ގިނަ މީހުން ސުވާލު ކުރެއެވެ. ސިއްހީ މާހުރުންގެ ޖަވާބަކީ ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެ އެވެ. އެކަމަކު އާދައިގެ މަސްމަހު ކަސްރަތު ކުރާ ގޮތާ ކުޑަކޮށް ތަފާތު ކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
Advertisement

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ރޯދަމަހު ކަސްރަތުކޮށް ހަދަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލުމަށްފަހު ގައެވެ. ސަބަބަކީ ރޯދަމަހު ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ހަށިގަނޑު އެންމެ ބޮޑަށް ތާޒާވެގެންދާ އެއްވަގުތަކީ ރޯދަވީއްލުމަށްފަހު އަންނަ ވަގުތުކަމަށްވާތީ އެވެ. 

އަދި ރޯދަ ވީއްލުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރާއި، ބުންވަރު ލިބިގެންދާތީ އެވެ. ރޯދަ ވީއްލުމަށްފަހު ލުއި ކެއުމެއް ބޭނުންކުރެވިދާނެ އެވެ. އެއަށްފަހު މަޣްރިބު ނަމާދުކޮށްގެން، ބައިގަޑިއެއްހާއިރު ކަސްރަތުކޮށްލުމަށްފަހު، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ހިޔާރު ކުރެވިދާނެ އެވެ.

ރޯދަމަހު ކަސްރަތުކުރުން ރަނގަޅު ބައެއް ގަޑިތައް

  • އިރުއޮއްސުމުގެ 90 މިނިޓް ކުރިން
  • ރޯދަ ވީއްލައިގެން 60 މިނިޓް ފަހުން
  • ރޭގަނޑު 11 އާއި ދެއަކާ ދެމެދު
  • ފަތިހު ތިނަކާ ހަތަރަކާ ދެމެދު

ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ރޯދަ ވީއްލާފައި ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުމަށް ފަހުން އެއްގަޑިއިރު ފަހުން ކަސްރަތު ކުރުން ނުވަތަ ތަރާވީހުގެ ފަހުން ކަސްރަތު ކުރުން ރަނގަޅެވެ.

ރޯދަ މަހުގެ ކުރިން އެއްގަޑިއިރު ވަންދެން ކަސްރަތު ކުރާނަމަ ރޯދަ މަހު 30 މިނިޓަށް ކަސްރަތު ކުރާ ވަގުތު ކުޑަކޮށްލެވިދާނެ ކަމަށް ކަސްރަތު އިންސްޓްރަކްޓަރުން ލަފާ ދެއެވެ. އެހެންވީމާ ރޯދަމަހު ކަސްރަތު ކުރުމަކީ މީގެ އިތުރަށް ހަށިގަނޑު ފިޓުކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;