ads
ކްރިމިނަލް ކޯޓު
ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ޖަލަށް
ކުޑަކުއްޖަކަށް އަނިޔާ ކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މިއީ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މާފަންނުކޮޅުގައި ހުންނަ ސުނާމީ ބިނާ ސަރަހައްދުގައި އޮންނަ ހުސް ބިމަށް ކުޑަ ކުއްޖަކު ގެންގޮސް ބަޔަކު އެ ކުއްޖާއަށް އަނިޔާ ކުރި މައްސަލައެވެ. 

މި މައްސަލައިގައި ދައުލަތުން އިބްރާހީމް ނާއިލް، ވ.ރަކީދޫ / ވިލާޑީލައިޓް އަދި މުޙައްމަދު އަޔާޒް، ރ. ދުވާފަރު / ފިނިރޯޅިގެ މައްޗަށް ދައުވާ އުފުލިއެވެ. ނާއިލްގެ މައްޗަށް ދައުލަތުންވަނީ ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައެވެ. 

އަޔާޒްގެ މައްޗަށް ކުރީ، ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.

މީގެ ތެރެއިން އަޔާޒްގެ މައްޗަށް ކުރި ދައުވާގެ މައްސަލަ އަދި ނުނިމެއެވެ.

ނާއިލްގެ މައްޗަށް ކުރި ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށްވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ، އެއް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;