ރާއްޖެ އަނބު 80-100 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިއިރު ބޭރު އަނބު ލިބެން ހުރީ 80 ރުފިޔާއަށް ކިލޯއެކެވެ. އޮރެންޖެއް 12 ރުފިޔާއަށް ލިބެން ހުރިއިރު ކުރުނބައެއް އުޅެނީ 40-50 ރުފިޔާއަށެވެ.
ފެޝަން ފުރުޓް 80 ރުފިޔާއަށް ކިލޯއެއް ހުރިއިރު ދޮންކެޔޮ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ. އަދި ކަރާ ކިލޯއެއް މިއަދު ހުރީ 20-25 ރުފިޔާއަށެވެ.
މީގެ އިތުރުން ބޭރު ފޭރު ކިލޯއެއް 80 ރުފިޔާއަށް ލިބެން ހުރިއިރު ދިވެހި ފޭރު ކިލޯއެއް ލިބެން ހުރީ 160 ރުފިޔާ އަށެވެ.
ބާޒާރުގައި އިއްޔެއާ އަޅާބަލާއިރު މިއަދުވެސް ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ރޯދައަށް ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެގެންދިޔަކަން ފާހަގަކުރެވެ އެވެ.
މީގެއިތުރުން ބާޒާރުގައި އެކި ގޮޅިތަކުގައި ތަކެތީގެ އަގުތަކުގައި ބޮޑު ތަފާތުތަކެއް އުޅޭކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;