ads
ރެޕް ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ކާންޔޭ
ޝޯއެއް ދޭން ކާންޔޭ ދިއްލީގެ ޖަވާހިރުލާލު ނެހްރޫ ސްޓޭޑިއަމަށް އަންނަނީ
ހިޕް-ހޮޕް، ގޮސްޕެލް އަދި އެކްޕެރިމެންޓަލް ޖޯންރާގެ ލަވަތައް ގެނެސްދިނުމުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ފަންނާނު ކާންޔޭ ވެސްޓްގެ އިންޑިއާ ޝޯ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
Advertisement

މި ޝޯ އޮންނާނީ ވެރިރަށް ނިއު ދިއްލީގެ ޖަވާހިރުލާލު ނެހްރޫ ސްޓޭޑިއަމްގަ އެވެ. އިންޑިއާ މީޑިއާތަކުން ބުނީ ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފަވާއިރު، އެކްސްލޫސިވްކޮށް ޓިކެޓް ވިއްކާނީ ޑިސްޓްރިކްޓް ބާއި ޒޮމާޓޯ އިން ކަމަށެވެ.

ކާންޔޭ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ ފަންނާނަކު އިންޑިއާގައި ޝޯއެއް ދިނުމަކީ އެ ޤައުމުގެ މިއުޒިކް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ބޭރު ޤައުމުތަކަށް އިންޑިއަން މިއުޒިކް އިތުރަށް ތައާރަފުވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ރެޕް ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ކާންޔޭ ވަނީ މީގެ އަހަރުތަކެއް ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް، އެއީ މިއުޒިކާ ގުޅުންހުރި ދަތުރުތަކެއް ނޫނެވެ. 

ކާންޔޭގެ ފުރަތަމަ ދަތުރަކީ އޭނާ ސްޕްރިޗުއަލް ރީޓްރީޓަކަށް އެ ޤައުމަކަށް ކުރި ދަތުރެކެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ކާންޔޭ ވަނީ އޭނާގެ ވިމެންސް ފެޝަން ލޭބަލް ޕްރޮމޯޓުކުރުމަށް އިންޑިއާގެ މުމްބާއީއަށް ދަތުރެއް ކޮށްފަ އެވެ.

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ އަދި މިހާރު އޮސްޓްރޭލިއާގެ އާޓިސްޓެއް ކަމަށްވާ ބިއަންކާ ސެންސޯރީއާ ކައިވެނިކޮށްގެން އުޅޭ ކާންޔޭ، 48، ގެ ކުރިއަށް އޮތް އަލްބަމަކީ މިހާރު އަންނަ މަހުގެ 20 ގައި ނެރެން ހަމަޖެހިފައިވާ "ބުލީ" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;