ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވި 24 މީހަކަށް ދައުވާކުރަން ފޮނުވައިފި
ފުލުހުން ބުނީ މިދިޔަ އަހަރު ވެސް މި ފަދަ 99 މައްސަލައެއް ވަނީ ހުށަހަޅާފައި
ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ މިދިޔަ އަހަރު ހުށަހެޅުނު މި ބާވަތުގެ މައްސަލަތަކާ ގުޅިގެން 38 މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ.
Advertisement

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. އެއީ އަނިޔާކުރާ މީހާ ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އަމުރެކެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް މި އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން 38 މީހަކު ހައްޔަރުކުރި ކަމަށް ބުންޏެެވެ.

ފުލުހުން ބުނީ، މިދިޔަ އަހަރުގެ ތެރޭގައި އެފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމަށް އެދިފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ވަނީ ބާރުއަޅާފަ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ފުލުހުން އިސްކަންދޭ އެއް މަސައްކަތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނައެވެ. ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް