ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވި އައިނު ފިހާރަވެސް ހުޅުވާދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މީ މާލެއިން ބޭރުގައި ސަރުކާރުން ހުޅުވި ދެވަނަ އައިނު ފިހާރައެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވި ހަތަރުވަނަ އައިނު ފިހާރަ އެވެ. އެމްސީޖީއެޗުން މިހާރު ވެސް އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.
އައިނު ހައްދަން ހޮސްޕިޓަލްތަކުން ދޫކުރާ ބޭސް ސިޓީއަށް އެކަނި އާސަންދަ ލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށްވެސް މިއަހަރުގެ ޖެނުއަރީ 15 އިން ފެށިގެން އާސަންދަ ލިބޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އެދި 17 ތަނަކުން އާސަންދަ ލިބެއެވެ.