އިމިގްރޭޝަނުން ބުނީ އިއްޔެ އެ ކްރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންކަމަށެވެ. މި ކްރޫޒާލައިނުގައި 548 ފަތުރުވެރިންނާއި 489 ކްރޫއިން ރާއްޖެ އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ހުރިހާ އެންމެނަށް ޕޯޓް ކްލައިއަރެންސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކްރިސްޓަލް ސިމްފޮނީ ރާއްޖޭގައި ބަނދަރުކޮށްފައި
238 މީޓަރު ދިގު މި ކްރޫޒްލައިނާ މިރޭ ރާއްޖެއިން ފުރާނެއެވެ. ދެން މި ކުރޫޒްލައިނާ ބަނދަރުކުރާނީ ކޮލަމްބޯގައެވެ.
އަހަރުގެ ފުރަތަމަ ކުރޫޒާ ލައިންގެ ގޮތުގައިވެސް ރާއްޖެ އައިސްފައިވަނީ 'އެމްއެސް ކްރިސްޓަލް ސިމްފަނީ' އެވެ. އެ ފަހަރުވެސް ކުރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ މަހޭއިން ފުރައިގެންނެވެ. އެފަހަރު 479 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިން ބާލަން ހުއްދަދީފައި އޮންނަނީ އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދަށެވެ.