ads
އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުމެއް -- ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރޯދަ ހިފަން ދަތިވާ މީހާ ފިދިޔަގެ ގޮތުގައި ލާރި ބެހިޔަސް ކަމުދާނެތޯ؟
ރޯދަ ހިފުމުގެ ސިއްހަތެއްނެތިވެ، ނޫނީ މާބަނޑުވެ ނުވަތަ ގާތުން ކިރުދޭ މައެއްގެ ގޮތުގައިވާ ފަރާތް، ރޯދަ ހިފުމުގެ ކުޅަދާނަކަން ނުލިބިގެން، އެފަދަ ގާބިލްކަން ނެތިގެން ރޯދަ ދޫކޮށްފިހިނދު، އެ ރޯދަތަކަށް ފިދިޔަ ދިނުމުގައި އޮތީ ފަގީރުންނަށް މިސްކީނުންނަށް ކާބޯތަކެތި ދިނުން ކަމުގައި ކަނޑައެޅުއްވީ އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގަންނަވާ އާލަމް ތަކުގެ ވެރި ރައްބެވެ.
Advertisement

ރަމަޟާންމަހުގެ ރޯދައާ ގުޅިގެން ކުރެވޭ ބައެއް މުހިއްމު ސުވާލުތަކުގެ ތެރޭގައި ރޯދަނުހިފުނު މީހާއަށް މުއްދު ބެހުމާ ބެހޭ ގޮތުން ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވަން ކުރާ ސުވާލު ވަރަށް ގިނައެވެ. 

މިއަދު އުފެދޭ އެއް ރޯދަ ހިފަން ދަތިވާ މީހުން ފިދިޔަގެ ގޮތުގައި ލާރި ބެހިޔަސް ކަމުދާނެތޯ؟

ކީރިތި ގުރުއާންގައި ﷲ ވަހީކުރައްވާފައިވަނީ

أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌۭ طَعَامُ مِسْكِينٍۢ ۖ فَمَن تَطَوَّعَ خَيْرًۭا فَهُوَ خَيْرٌۭ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ١٨٤

އައްޝެއިހު އަހުމަދު ސަމީރު ވިދާޅުވާ ގޮތުގައި ރޯދަ ހިފަން ދަތިވާ މީހައަށް ދީނުގައި އޮތީ މިސްކީނަކަށް ކާން ދިނުމުގެ ވާހަކަ ކަމަށާ އެހެން ނަމަވެސް ސުވާލުގައި ރުފިޔާ ބެހުން ކިހިނެއްތޯ ވާނެ ސުވާލު ކޮށްފައިވާތި ޖަވާބުގައި ދެންނެވެން އޮތީ ރުފިޔާ ބެހުމުގަ ކޮންމެސް ވަރެއްގެ ހިފެހެއްޓުމެއް އަޅުގަނޑުމެން ގެންގުޅެން ޖެހޭ ކަމަށާއި އެހެންވަނީ މުޖުތަމައުގަ ބައެއް ފަހަރު ކަންތައް ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ.


"ލާރި ދީފަ ގެއަށް ކާއެއްޗެހި ގަންނަށް ބުނަންޔާ މައްސަލަ އެއް ނެތް، ކާބޯތަކެތި ގަންނާށޭ ބުނެފަ ދެންޔާ. ދެން ބައެއް ފަހަރު ލާރި ދިނީމަ ވާގޮތަކީ ގޯސް ކަންކަންވެސް ކުރޭ، ބައެއް ފަހަރު ސިނގިރޭޓް ވެސް ގަނޭ ނޫނީ އެނޫން ކޮންމެސް ނުރަނގަޅު އެއްޗެއްވެސް އެލާރި އަށް އެބަގަނޭ،" ޝެއިހު ސަމީރު ވިދާޅުވި އެވެ.


ޝެއިހު ސަމީރު އިތުރަށް ވިދާޅުވީ މި ފަދަ ސަބަބުތަކާއި ހެދި ކާއެއްޗެހި ދިނުމަށް އިލްމްވެރިން ބޮޑަށް ބާރު އަޅާ ކަމަށާއި، އެހެން ނަމަވެސް ފައިސާ ހިސާބު ކޮށްފަ ކާއެއްޗެހި ގަންނަށް ބުނެފަ ފައިސާ ދިނަސް ﷲ އިރާދަކުރެއްވިއްޔާ ޖާއިޒް ވާނެ ކަމަށް ބެލޭވޭ ކަމަށް އިލްމުވެރިން އެއް ބަސްވާ ކަމަށެވެ.

  • ފިދިޔައިގެ މިންވަރު

ފިދިޔަދިނުމުގެ ސަބަބާއި އޭގެ މިންވަރާއި އޭގެ ހައްގުވެރިން ބަޔާން ކުރައްވަމުން الله تعالى ވަހީކުރައްވަނީ... ﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ﴾ (البقرة: ١٨٤) މާނައީ: "އަދި އުނދަގޫކަމާ އެކު އެ ކަމަށް ކުޅަދާނަވާ މީހުން (އެބަހީ: ރޯދަ ނުހިފޭ މީހުން)ގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާ އެކު) ފިދިޔަދިނުމެވެ. (ފިދިޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވަޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ ކަންތައް އެ މީހަކަށް ހެޔޮކަން ބޮޑެވެ."


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް